ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ބިނާކުރުމަށް ގަސްދުކުރާ އޮޑިޓޯރިއަމްގެ ކުރެހުން ތައްޔާރުކޮށް ބިޑް ޑޮކިޔުމަންޓް އެކުލަވާލާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ޔުނިވަރސިޓީން އެކުލަވާލާފައިވާ ޢިމާރާތްކުރުމާ ގުޅޭ ޑްރާފްޓްތަކެއްގެ މައްޗަށް ބިނާކޮށް މިމަސައްކަތް ކޮށްދެއްވަން އެދޭ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑި ފިޔަވައި އެހެން ގަޑިއެއްގައި މަޢުލޫމާތު ކަރުދާސް ދޫކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 04 މޭ 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
02 ރަޖަބު 1436