ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)305-ME305/305/2024/24 (28 ފެބުރުވަރީ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޑިޒައިން ހުށަހަޅާފައިނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިފުރުޞަތުގައި އެންމެ ރަނގަޅު މޮނިއުމަންޓް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 5000.00 (ފަސް ހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުޞަތު ހުރިހާ ޢުމުރުފުރައަކަށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، ރ.މާކުރަތުގެ މޮނިއުމަންޓް ފަރުމާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރޗް 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމަންޓް ހުށަހެޅުއްވުން އެދެމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ "ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މަޢުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ. މި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވަނީ އާންމު ކުރެވިފައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.