ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/11
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:04
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޤުވާ އަށް ގޮނޑިވެއްދުމާބެހޭ

މިރަށު މަސްޖިދުއްތަގުވާގެ ފްލޯރގައި ވަނީ ނެވިލޯން މެޓް އެޅިފައެވެ. ނެވިލޯންމެޓަކީ ވަރަށް މަޑު މެޓީރިއަލް އަކުން އުފައްދާފައިވާ އެއްޗަކަށްވުމާއެކު މިސްކިތުގެ ތެރޭގައި އާންމުކޮށް މިހާރު ނަމާދުކުރުމަށް ބޭނުންކުރާ ބާވަތުގެ ގޮޑި ބަހައްޓައިގެން ނަމާދުކުރުމަކީ މިސްކިތުގެ ތެރޭގައި އަޅާފައިވާ ނެވިލޯން މެޓް ވަރަށް އަވަހައް ހަލާކުވެގެން ހިނގައިދާނެ ކަމެކެވެ. އެހެންކަމާއެކު ނެވިލޯން މެޓުމަތީގައި ބަހައްޓައިގެން ނަމާދުކުރުމަށްޓަކާ މިކައުންސިލުން ވާނީ އެކަމަށް އެކަށީގެންވާގޮތަށް ގޮނޑިތައްތައްޔާރުކޮށް މިސްކިތުގައި ބަހައްޓައިފައެވެ.

ވީމާ އެއްވެސް ފަރާތަކުން މިސްކިތަށް ގޮނޑިއެއް ވެއްދުމަށް އެދި ލައްވާނަމަ މިކައުންސިލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ގޮނޑިތައްޔާރުކުރައްވައިގެން މިކައުންސިލްގެ ހުއްދައާއިއެކު މިސްކިތައް ގޮނޑި ވެއްދުމަށް އަންގަމެވެ.  އަދި މިނޫން ގޮތަކަށް މިސްކިތަށް ގޮނޑި ވެއްދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. 

06 މާރިޗު 2024