ދިވެހިރާއްޖެ
މިއެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 28 މާރޗް ދުވަހުގެރޭ 21:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނެ ތަނެއް ފަހުގެ ތާރީހެއްގައި އެންގޭނެއެވެ. އަހަރީ ޢައްމު ޖަލްސާގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަން މުބާރާތްތަކުގައި ބައިވެރިވެފައިވާ އަދި 2024 ވަނަ އަހަރު އަހަރީ ފީ ދައްކާފައިވާ، ކްލަބް / ޖަމްޢިއްޔާތަކުގެ ތެރެއިން، އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯރމް ހުށައަޅާ ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ފޯރމް މާރޗް 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަހަރީ ޢާއްމު ޖަލްސާގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯރމް އެސޯސިއޭޝަނުން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ނަމްބަރ 7745266 އަށް ގުޅުއްވުންއެދެމެވެ.
އެސޯސިއޭޝަންގެ މެންބަރު ކުލަބު / ޖަމިއްޔާތައް :-
- ޔޫތް ޔުނައިޓަޑް ސްޕޯރޓްސް ކަލަބް
- ސްޕޯރޓްސް ކްލަބް ސްކައިލާރކް
- ޔުނައިޓެޑް ޔުނިޓީ ސްޕޯރޓްސް ކްލަބް
- ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކުލަބު
- ޒެނިތް ސްޕޯރޓްސް ކްލަބް
- މަހިބަދޫ ސްޕޯރޓްސް ކުލަބު
- ކްލަބް މެޓްރިކްސް
- ލޮރެންޒޯ ސްޕޯރޓްސް ކްލަބް
- ސްޕޯރޓްސް ކްލަބް ޝައިނިންގ ސްޓާރ
- ކުލަބު ގްރީން ސްޓްރީޓް
- ވިލިގިލީ ޔޫތް އެންޑް ސްޕޯރޓްސް އެސޯސިއޭޝަން
- އެމް ވީ ނެޓަރސް
- އިންވެކްޓޯ ސްޕޯރޓްސް ކުލަބު