ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)MHCL-P/1/2024/25
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 22:46
ސުންގަޑި: 27 މާރިޗު 2024 11:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ 01 ވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުންޏަށް ބޭނުންވާ 01 ވޭން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

އަންދާސީހިސާބުބަލައިގަތުމާހުޅުވުން:

 

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 27 މާރިޗު ވާ ބުދަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ތޭރަ ގަޑި ސުންމިނެޓު (13:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

14 މާރިޗު 2024