ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި ހުރި ބާކީ "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންސްދިނުމާއި ގުޅޭގޮތުންކުރި އިޢުލާންގެ ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި މިކުންފުނީގެ ނޫވިލު ސީޕުލޭން ޓާރމިނަލް އިމާރާތުގައި، ބާކީހުރި "އެކްސެކެޓިވް ލައުންޖު" ގޮޅިތައް ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭން ބޭނުންވެގެން ކުރި ނަންބަރު:116-FB2/IL/2024/62 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
މިބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2024 މާރިޗު 21 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:45 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މާރިޗު 21 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:45 ގެ ކުރިން، ސިޓީ،ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެެއެވެ. އަދި USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ހުށަހަޅަންވާނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އެޕްރީލް 02 ވާ އަންގާރަދުވަހުގެ މެންދުރު 12:45 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 02 ވާ އަންގާރަދުވަހުގެ މެންދުރު 12:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.