ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)492-MAP/492/2024/31
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 21 މާރިޗު 2024 13:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް  

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގުވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:

އެކައުންޓްސް އޮފިސަރ

 

ކޮންޓްރެކްޓް (2 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓް އާކުރެވޭނެ.

ބޭނުންވާ ޢަދަދު:

1

މުސާރާ:

-/10,273.5 (އެލަވަންސްތަކާއި އެކު)

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެގްރިކަލްޗަރ، އެންޑް އެނިމަލް ވެލްފެއަރ

މަޤާމުގެ ޝަރުތު:

 

އެކައުންޓް ނުވަތަ ފައިނޭންސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:     

މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 21 މާރިޗު 2024 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 ދެމެދު 3033400 ފޯނާއި ގުޅުއްވުން އެދެމެވެ.

4 ރަމަޟާން 1445

14 މާރިޗު 2024

 

14 މާރިޗު 2024