ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-A/330/2024/19
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 06 އޭޕްރިލް 2024 00:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

މިއަހަރު މުޅި ރާއްޖޭގައި ފިޠުރުޒަކާތް ނެރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާއްމުކޮށްފައިވާ ރޭޓްތަކުންނެވެ. އެހެންކަމުން، މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ނަންބަރު: (496A2/CIR/2024/1001) ސަރކިއުލަރ އާއި އެއްގޮތަށެވެ.

  1. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މި އިދާރާއިން އާއްމުކުރާ ރޭޓުތަކުންނެވެ.
  2. ފިޠުރުޒަކާތް ބަލައިގަންނަން ފަށާނީ 02 ރަމަޟާން 1445 އިން ފެށިގެން 27 ރަމަޟާން 1445ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު 9:00 އިން 11:30 އަށެވެ.
  3. މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާ އިންނެވެ. އަދި އޮންލައިންކޮށް ފިޠުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިޢުލާން ނަންބަރު:  (IUL)496-A2/496/2024/1002 (07 މާރިޗު 2024) ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ. މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށްޓަކައި ޢާއްމުކުރެވިފައިވާ ގޮވާމުގެ ބާވަތްތަކާއި ރޭޓްތައް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ. ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
13 މާރިޗު 2024