| ސަޢުދީ ސަރުކާރުން ދެއްވާ ސްކޮލަރޝިޕް 2015/2016  | 
| ޤައުމު: ސަޢުދީ އަރަބިއްޔާ | ކޯހުގެ އަދަދު: 100 ފުރުޞަތު | 
| 
ބެޗެލަރސް ޑިގްރީ، 55 ފުރުޞަތު 
20 އެމް.ބީ.ބީ.އެސް10 އަރަބިކް ލޭންގްއޭޖް25 މި ޑިޕާޓްމަންޓްގެ ސްކިލް ޝޯޓޭޖް ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކުން އޮފަރކުރާ ދާއިރާތައް. 
މާސްޓަރސް ޑިގްރީ، 30 ފުރުޞަތު. 
15 ޕޯސްޓްގްރެޖުއޭޓް މެޑިސިންގ (ހުޅުވާލައިފައިވާ ދާއިރާތަކުގެ ލިސްޓެއް އިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާނެއެވެ.)15 މި ޑިޕާޓްމަންޓްގެ ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކުން އޮފަރކުރާ ދާއިރާތައް. 
15 މި ޑިޕާޓްމަންޓްގެ ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކުން އޮފަރކުރާ ކޯސްތައް. | ކޯހުގެ ލެވެލްއާއި ދާއިރާ | 
| ބެޗްލަރސް ޑިގްރީ: 
ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދިޖީ.ސީ.އީ އޭލެވެލް 03 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 02 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. ނުވަތަޝަހާދާ ސާނަވިއްޔާ ނިންމާފައިވުން. ނުވަތަޑިގްރީ ހަދަން ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހަދާފައިވުން. (މި ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓުން ކޮލިފައިކުރެވޭނީ، ކިޔަވަން އެދޭ ޔުނިވަރސިޓީއަކުން ޑިޕްލޮމާ ގަބޫލު ކުރާނަމައެވެ. މި ޝަރުޠުގެ ދަށުން ކޯހަށް ހުށަހަޅާ ކެންޑިޑޭޓުން ޔުނިވަރސިޓީއިން ގަބޫލުކުރާކަން އެގޭނެ ގޮތުގެ ޔުނިވަރސިޓީގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.) އަދި27 އެޕްރީލް 2015 ގެ ނިޔަލަށް 25 އަހަރު ފުރިފައި ނުވުން. ނުވަތަ ކޯސް ހަދަން ބޭނުންވާ ޔުނިވަރސިޓީއިން ގަބޫލުކުރާ އުމުރުފުރައިގެ ކެންޑިޑޭޓަކަށް ވުން. އަދިއެމް.ބީ.ބީ.އެސް އަށް ހުށަހަޅާ ދަރިވަރުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ އެންޓްރީ ކްރައިޓީރިއާ ހަމަވާންވާނެއެވެ. މާސްޓަރސް ޑިގްރީ: 
ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (އެޕްލައި ކުރަން ބޭނުންވާ ދާއިރާއަކާއި ގުޅޭ ދާއިރާއަކުން) އަދި27 އެޕްރީލް 2015 ގެ ނިޔަލަށް 30 އަހަރު ފުރިފައި ނުވުން. ނުވަތަ ކޯސް ހަދަން ބޭނުންވާ ޔުނިވަރސިޓީއިން ގަބޫލުކުރާ އުމުރުފުރައިގެ ކެންޑިޑޭޓަކަށް ވުން. ޕީ.އެޗް.ޑީ: 
މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (އެޕްލައި ކުރަން ބޭނުންވާ ދާއިރާއަކާގުޅޭ ދާއިރާއަކުން) އަދި27 އެޕްރީލް 2015 ގެ ނިޔަލަށް 35 އަހަރު ފުރިފައި ނުވުން. ނުވަތަ ކޯސް ހަދަން ބޭނުންވާ ޔުނިވަރސިޓީއިން ގަބޫލުކުރާ އުމުރުފުރައިގެ ކެންޑިޑޭޓަކަށް ވުން. | ކޯހުގެ ޝަރުތުތައް: | 
| މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ. 
ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ" ގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 525 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދިއެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 27 އެޕްރީލް 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. 
ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއް ގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް  ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އިން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުންނެއެވެ. އަދިމި ކޯހަށް ހުށަހަޅާ ދަރިވަރަކީ މީގެ ކުރިން ސަޢުދީ އަރަބިއްޔާގެ އެއްވެސް ޔުނިވަރސިޓީއަކުން، ކިޔެވުމުގެ ފުރުޞަތު ލިބިފައިވާ ނުވަތަ ކޯހަކަށް ހުށަހެޅުމުން އެޕްލިކޭޝަން ރިޖެކްޓްކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެވެ. އަދިމީގެއިތުރުން އެޕްލިކޭޝަން ފޯމުގައާއި، ކެންޑިޑޭޓް އެޕްލައިކުރާ ޔުނިވަރސިޓީގެ ވެބްސައިޓްގައިވާ ޝަރުޠުތައް ފުރިހަމަ ވާންޖެހޭނެއެވެ. |  | 
| 
މިއީ ސަޢުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފުރުޞަތު ދެއްވާފައިވާ ސައުދިއަރަބިއްޔާ އިންނެވެ.މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ފުރުޞަތު ލިބޭ ޔުނިވަރސިޓީތަކާއި، ކޯސްތައް އެގޭނެ ލިސްޓެއް މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.މި ސްކޮލަރޝިޕަށް ހުށަހަޅާފައިވާ ދަރިވަރުން ކޯސް ހަމަޖެހިގެން އައުމާ ދޭތެރޭ މަޑުކުރާ މުއްދަތުގައި އެހެން ސްކޮލަރޝިޕަށްވެސް ހުށަހެޅޭނެއެވެ.މި ސްކީމްގެ ދަށުން އެޕްލިކޭޝަން ހުށަހަޅަންބޭނުންވާ އަންހެން ދަރިވަރުން ކޯހަށް ހޮވިއްޖެނަމަ، ސައުދީ އަރަބިއްޔާގައި ކިޔަވަން ހުރެވޭނީ އެ ދަރިވަރެއްގެ މަހްރަމަކާއެކު ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. (އެ ގޮތުން މަޙްރަމެއްގެ ގޮތުގައި ބެލެވޭނީ އަންހެން ދަރިވަރުގެ ކައިވެނި ހެޔޮނުވާ ފިރިހެނެއް ނުވަތަ ކައިވެނިކޮށްގެން އުޅޭ ފިރިހެނެއް) މަޙްރަމަކީ ސަޢުދީ އަރަބިއްޔާގައި ކިޔަވަމުންދާ ދަރިވަރެއްކަމުގައި ނުވާނަމަ، މަޙްރަމްގެ ޚަރަދުތައް ހަމަޖައްސަންވާނީ ކެންޑިޑޭޓް އަމިއްލައަށެވެ.ބެޗެލަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެސް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.މާސްޓަރސް ޑިގްރީ/ ޕީއެޗްޑީ އަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ބެޗެލަރސް ޑިގްރީ/ މާސްޓަރސް ޑިގްރީ ނިންމުމަށްފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށް ބެލެވޭނެއެވެ.ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެވެ.މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، ކިޔަވަށް އެދި ހުށަހަޅާ ލެވެލްގެ ކޯހެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެވެ. އަދި ކިޔަވަން އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވެސް ވެގެން ނުވާނެއެވެ.މި ކޯހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޑިޕްލޮމާ/ބެޗްލާރސްޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މި ޑިޕާޓްމަންޓް ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ގްރޭޑިންގ ކުރެއިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ސްކީމް ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މި ޑިޕރާޓްމަންޓް ބަލަމުން ގެންދާ އުސޫލުގެ މަތިންނެވެ. މި ޑިޕާރޓްމަންޓުން ޕޮއިންޓް ދޭ ގޮތް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.ތަޢުލީމީ ސެޓްފިކެޓްތައް (ޑިޕްލޮމާ އަދި އެއައަށް ވުރެ މަތީ) ވާން ޖެހޭނީ MQA އިން ވެލިޑޭޓް ކުރެވިފައެވެ. އަދި ބެޗްލާރސް ޑިގްރީ/ މާސްޓަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ، އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް އެކްރިޑިޓޭޝަން އޮތޯރިޓީއިން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.މި ކޯހުގެ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސަޢުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުންނެވެ.މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތް ކުރަން ބޮންޑްކުރެވޭނެއެވެ.މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީ ތަޢުލީމާއި ތަމްރީނަށް ބައިލެޓަރަލް އެހީގެ ދަށުން ސަރުކާރަށްލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާން ކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.މި ސްކީމްގެ ދަށުން ސްކޮލަރޝިޕް ލިބޭ ޔުނިވަރސިޓީތަކާއި، އެ ޔުނިވަރސިޓީތަކުގެ ވެބްސައިޓްތަކުގެ މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އެހެންކަމުން، ބޭނުންވާ ޔުނިވަރސިޓީގެ ވެބްސައިޓުން ހުށަހަޅަން އެދޭ ކޯހާ ބެހޭ މަޢުލޫމާތާއި، އެ ކޯހަކަށް ހުށަހަޅަންޖެހޭ ލިޔުންތައް އެޓެސްޓް (އެޓެސްޓެޑް ލިޔުންތަކުގެ އަސްލު) ކުރުމަށް ފަހު ޔުނިވަރސިޓީގެ އެޕްލިކޭޝަންގައި ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ. | އިތުރު މަޢުލޫމާތު:  | 
| 
މި ޑިޕާޓްމަންޓްގެ އެޕްލިކޭޝަން ފޯމު. އަދި ކޯހަށް އެދޭ ޔުނިވަރސިޓީގެ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެތި. (އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހަޅައިފިނަމަ، އެޕްލިކޭޝަން ޕްރޮސެސް ކުރުމުގައި އަވަސްވެގެންދާނެ ކަމުގެ މަޢުލޫމާތު ސަޢުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތުން ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ނަމަވެސް، އޮންލައިން އެޕްލިކޭޝަން ހުށަނޭޅޭ ކެންޑިޑޭޓުންނަށް ހަމައެކަނި މި ޑިޕާޓްމަންޓްގެ އެޕްލިކޭޝަން އެކު ހުށަހެޅިދާނެއެވެ.)ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، އެމީހަކު ވަޒީފާ އަދާކުރާ ސަރުކާރު އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ.އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ޑިޕާރޓްމަންޓަށް ލިބިގެންވެއެވެ.ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެތަނުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠުގައި ބާޔާންކޮށްފައިވާ މުއްދަތަށް 27 އެޕްރީލް 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.ޕޮލިސް ރިޕޯޓު. (އެޓެސްޓް ކޮށްފައިވާ އަސްލު)މެޑިކަލް ރިޕޯޓު. (ޔުނިވަރސިޓީގެ ވެބްސައިޓްގައި ވަކި މެޑިކަލް ރިޕޯޓު ފޯމެއް ފުރިހަމަ ކުރަން އެދިފައިވާނަމަ، އެ މެޑިކަލް ރިޕޯޓުގެ އިތުރުން ކިޔެވުމަށް ދިއުމަށް ހޮސްޕިޓަލް/ ކުލިނިކް ތަކުން ހައްދާދޭ މެޑިކަލް ރިޕޯޓު) (އެޓެސްޓް ކޮށްފައިވާ އަސްލު)މަޙުރަމްގެ ގޮތުގައި އަންހެން ދަރިވަރާއެކު ސަޢޫދީ ޢަރަބިއްޔާ އަށް ދާ ފަރާތް ހަމަޖެހިފައިވާ ކަމުގެ ސިޓީ (އިނގިރޭސިބަހުން)ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓްފިކެޓްތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.ޕާސްޕޯޓް ޑޭޓަރ ޕޭޖް ކޮޕީ. (އެޓެސްޓް ކޮށްފައިވާ އަސްލު)ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ. | ހުށަހަޅަންޖެހޭ ތަކެތި: | 
| ސުންގަޑި: 27 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. ކޯހަށް އެދޭ، އެޕްލިކޭޝަން ފޯމު ހެނދުނު 8.30 އިން މެންދުރުފަހު 14.30 އަށް ވެލާނާގޭ 02 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓުން www.dhe.gov.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341383 އިން ލިބިވަޑައިގަންނަވާނެއެވެ.  |