ޢާންމު މަޢުލޫމާތު
ނަންބަރު: 134-HR/I/2024/50
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 16 މާރިޗު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ކޮލިޓީ އެޝޯރަންސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި އިޢުލާންވަނީ 13 މާރިޗު 2024 14:00 ގައި ބާތިލް ކުރެވިފައެވެ.


 

ވަޒީފާގެ ފުރުޞަތު

އިއުލާން ނަންބަރު  އިޞްލާޙް ގެނައުމަށް ފަހު ހުށަހަޅީމެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކޮލިޓީ އެޝޯރަންސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

10552.50 ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކަލެކްޓަރ އުޅަނދުތަކުންނަގާ ރޯމެޓީރިލްސްގެ ސެންސަރީ އިވެލުއޭޝަން ހެދުން، އުޅަނދުތަކުގެ ރެކޯޑުތަށް ވެރިފައިކުރުން، މަހުގެ ބެކޮބޯން ޓެމްޕަރޭޗަރ މޮނީޓަރ ކުރުން، ސާމްޕްލިންގ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ސާމްޕަލްތައް ނެގުން.
  • ލޮނުފެނަށް ކްލޮރިން އެޅުމާއި، އަޅާއިހުރި މިންވަރު ބެލުން، އަދި ޕްރޮސެސިން އޭރިޔާއާއި އައިސްޕްލާންޓްގެ ސާފުފެނާއި، ލޮނުފެނަށް ކްލޮރިން އަޅާފައިވާ މިންވަރު ބެލުން ( ހޭންޑް ޑިޕް އަސި ފުޓް ޑިޕް ) އަދި ކޮލޮރިން ޗެކްކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ކޮންމެދުވަހަކު ހެދުން.
  • ކޮންމެ ހަތަރުގަޑިއިރަކުން، ކޯލްޑްސްޓޯރާއި ބްރައިންފްރީޒަރުގެ ފިނިހޫނުމިން މޮނީޓަރކުރުން.
  • މަސްޓޭންކުތަކުގައި ލޮނުގެ ކޮންސެންޓްރޭޝަން ޗެކްކޮށް، އެއާއިގުޅުންހުރި ރިޕޯރޓްތައް ބަލަހައްޓާ، އެފް.ޕީ.އެލް.ޑީ ޑިޕާރޓްމެންޓަށް އެންގުން.
  • ކެއްކުމުގެ ޓެސްޓްސާމްޕަލްތައް ރިޕޯރޓްތައް ބެލެހެއްޓުން.
  • އެއްކުރެވިފައިވާ ސާމްޕަލްތަކުގެ ހިސްޓަމީން އެނަލަސިސްހަދާ، ރިކޯރޑްތައް ބެލެހެއްޓުން.
  • ކެމިކަލްސްތަކާއި، ރީއެޖެންޓްސް ތައްޔާރުކޮށް، ސްޓޭންޑަޑައިޒްކުރުން.
  • ފިނިހޫނުމިން ބެލުމަށް ބޭނުންކުރާ ތަރމޯމީޓަރުތަކާއި، ކިރަން ގެންގުޅޭ އާލާތްތަކާއި ބިއްލޫރިސާމާނު، އެއެއްޗިހި ހުންނަންޖެހޭ މިންގަނޑުގައި ހުރިތޯބަލާ އެމިންގަނޑުގައި ބެލެހެއްޓުން.
  • ރިޕޯރޓްތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 މާރިޗު 2024 ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

 

13 މާރިޗު 2024