ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް
ބޭނުންވާ އަދަދު:01
މަޤާމުގެ މަސްއޫލިއްޔަތު:
-
އޮފީސް ސާފުތާހިރު ކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
-
އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުން.
-
މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
-
އޮފީހުގައި ބާއްވާ އެކި އެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުކުރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން.
-
އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
-
އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
-
އޮފީހުގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުން ތައުލީމާއި ތަޖުރިބާ:
-
އަސާސީ ތަޢުލީމް ފެންވަރުހުރުން.
-
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެންސިފަތައް:
-
ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު ކަންކަންކުރަން އެނގުމާއި މީހުންނާ މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.
-
މަޤާމުގެ މަޞްއޫލިއްޔަތުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރެވޭފަދަ ސިއްޙަތެއްގައި ހުރިފަރާތެއްކަމުގައިވުން.
-
މަގާމުގައި އަދާކުރަންޖެހޭ މަސައްކަތާ ގުޅޭދާއިރާއިން ތަޖުރިބާ ހުރިފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މުސާރަ އާއި ޢިނާޔަތްތައް:
10,000ރއާއި 11,000ރއާއިދެމެދު.
އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ގަޑި:
ހެނދުނު08:00 އިންހަވީރު 16:00 އަށް،
ހުށަހަޅަން ޖެހޭ ތަކެތި:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ.
- މަސައްކަތްކުރަމުންދާ / ކުރިން މަސައްކަތް ކުރިފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެކުރިން އެޕްލިކޭޝަން ބަލައިގަތުމަށް.
ކަނޑައެޅިފައިވާ ލިންކް ބޭނުން ކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިލިންކް https://sdfcmv.aidaform.com/job-application-form-office-assistant92 ނުވަތަ އީމެއިލް ( [email protected] ) މެދުވެރިކޮށެވެ.
މި ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް،ރަސްމީދުވަސްދުވަހު 9:00 އާއި 14:00 އާދެމެދު 3026018 / 3026016 ފޯނަށް ގުޅުއްވައި ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުންއެދެމެވެ.