ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-HR/IUL/2024/13
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 21 މާރިޗު 2024 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ޑިޕާޓްމަންޓް: ޖެނެރަލް ސަރވިސަސް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް: ވަގުތީ

ކޮންޓްރެކްޓްގެ މުއްދަތު: 6 މަސް ދުވަސް (ޕެންޝަން އޮފީހުގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 އަށް (އާދީއްތަ - ބުރާސްފަތި)


މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.

 

މުސާރަ އާއި ޢިނާޔަތްތައް:

މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 7,700.00 ރުފިޔާގެ ޢަދަދެއް ދެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓ.ީއ.ޯއާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

 

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).

  • ޕޮލިސް ރިޕޯޓު (4 މަސް ނުވާ).

 

އިންޓަރވިއު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވޭނީ 21 މާރިޗު 2024 އާއި 4 އެޕްރީލް 2024  އާ ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. 

12 މާރިޗު 2024