ބީލަން
ނަންބަރު: (IUL)355-CA/355/2024/13
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި:
21 މާރިޗު 2024 11:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު
ބީލަން ހުށައެޅުމުގެ ދައުވަތު
- އދ. ފެންފުށީ ކައުންސިލް އިދާރާގެ 2023ވަނަ އަހަރުގެ މާލީ ބަޔާން އަދި 2023 އިންޓަރނަލް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- މާލީ ބަޔާން އަދި އިންޓަރނަލް އޯޑިޓް ތައްޔާރުކުރުމަށް ބިޑް ހުށަހަޅާ ފާމަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު (ނަންބަރ: (2021-R3ދަށުން ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ފާމެއް ކަމުގައި ވާންވާނެއެވެ.
- އޮޑިޓް ފާމަކީ ކައުންސިލްތަކުގެ އޮޑިޓު ކުރުމުގެ ތަޖުރިބާ ހުރި ފާމަކަށް ވާންނާނެވެ.
- އޮޑިޓު ކުރުމަށް ހުށަހަޅާ ފާމް ތަކުގެ ތެރެއިން ފާމުގެ ޕާޓްނަރުންގެ ތެރެއިން ޕާޓްނަރުންނަކީ ދިވެހި ރައްޔިތެއް ކަމުގައިވާނަމަ އެފަދަ ފާމްތަކަށް އިސްކަން ދެވޭނެވެ.
- މީގެ އިތުރުން އޮޑިޓްކުރަން ހުށަހަޅާ ފާމަކީ، އެ ފާމެއްގައި
ISQC 1-“Quality Controls for Firms that Perform Audits and Reviews of Financial Statements, and Other Assurance and Related Services Engagements”
އިމްޕްލިމެންޓް ކޮށްފައިވާ ފާމަކަށް ވާންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 18 މާޗް 2024ވާ ހޯމަ ދުވަހު 12:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
- މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 21 މާޗް 2024ވާ ބުރާސްފަތި ދުވަހު 11:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 19 މާޗް 2024ވާ އަންގާރަ ދުހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.
އދ. ފެންފުށީ ކައުންސިލްގެ އިދާރާ
އަމީނީމަގު، ފެންފުށި
ފޯން: 6680539
އީމެއިލް: [email protected]
12 މާރިޗު 2024