ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2024/52
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 07 އޭޕްރިލް 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުން؛

1445 ވަނައަހަރުގެ ރަމަޟާންމަހު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 1445 ރަމަޟާން 2 (12 މާރިޗު 2024) ވަނަ ދުވަހުން ފެށިގެން 1445 ރަމަޟާން މަހުގެ 28(07 އޭޕްރީލް 2024) ވަނަ ދުވަހުގެ ނިޔަލަށެވެ. ނަގުދު ފައިސާއިން ޒަކާތް ދައްކާ ފަރާތްތަކުން ފައިސާ މާރުކޮށްގެން ހަމައަށް ގެނައުމަށް ހަނދުމަކޮށް އަރުވަމެވެ. އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން މިކައުންސިލުގެ ނަންބަރު 7710700382004 '1468-ޚަރަދު 2' އެކައުންޓަށް ޖަމާކުރުމަށްފަހު، ސްލިޕް މިކައުންސިލުގެ ވައިބަރ ނަންބަރ 9660015 އަށް ފޮނުއްވުން އެދެމެވެ. އަދި ސްލިޕް ފޮނުއްވާއިރު ފައިސާދެއްކެވި ގޭގެ ނަމާއި ފައިސާދެއްކެވި ބާވަތާއި، މީހުންގެ ޢަދަދު އެނގޭގޮތަށް ފޮނުއްވައިދެއްވުން އެދެމެވެ. (މިސާލު: Geygenan_02_Aadhaigehandoo)

ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ރަމަޟާންމަހުގެ 2 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަދި ރަމަޟާންމަހުގެ 20 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ.

  • އާދައިގެ ހަނޑުލުން މީހަކަށް 12.00ރ
  • ތައިލެންޑްހުދުހަނޑުލުން މީހަކަށް 70.00ރ
  • ރަތް ހަނޑުލުން މީހަކަށް 80.00ރ
  • ބާސްމަތީ އާދައިގެ ހަނޑުލުން މީހަކަށް 70.00ރ
  • ބާސްމަތީ މޮޅުހަނޑުލުން މީހަކަށް 100.00ރ
  • ބާސްމަތީ އެންމެމޮޅު ހަނޑުލުން މީހަކަށް 125.00ރ
  • އާދައިގެ ފުށުން މީހަކަށް 10.00ރ
  • އާޓާފުށުން މީހަކަށް 75.00ރ

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 މާރިޗު 2024