ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ރަމަޟާން މަހުގެ 02 ވާ އަންގާރަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއިން ބަލައިގަންނަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑޫ ނުވަތަ 2.4 ކިލޯ ފުށެވެ. ފިޠުރު ޒަކާތް ދައްކަވާނީ އެބަޔަކު އަހަރު ތެރޭގައި ޢާއްމުކޮން ކައި އުޅުނު ހަނޑު ނުވަތަ ފުށުގެ ބާވަތްތަކަށް ބަލައިގެންނެވެ.
1445 ވަނަ އަހަރު ފިޠުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
# |
ބާވަތް |
ފައިސާގެ އަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
70 ރުފިޔާ |
3 |
ރަތް ހަނޑޫ |
80 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ) |
70 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ ( މޮޅު) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު) |
125 ރުފިޔާ |
7 |
އާދައިގެ ފުށް |
10 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
ފިޠުރުޒަކާތް ބަލައިގަތުން
ފިޠުރުޒަކާތް ބަލައިގަތުން ކުރިއަށްދާނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ފޭދޫ ކައުންސިލްގެ އިދާރާގައެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުން
01 ރަމަޟާން 1445 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހާއި ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވޭއެވެ.
# |
އިދާރާ/މުއައްސަސާ |
ޒަކާތް ދެއްކޭނެ ގޮތް |
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
ދިރާގު އެޕް/ދިރާގު ޕޭ (ވެބްސައިޓް) |
އެސް.އެމް.އެސް |
2 |
އުރީދޫ |
އެމް ފައިސާ (އެޕްލިކޭޝަން) |
އެސް.އެމް.އެސް |
3 |
މޯލްޑިވްސް އިސްލާމިކް ބޭންކް |
ފައިސާ މޮބައިލް (އެޕްލިކޭޝަން) |
ފައިސާ ނެޓް |
4 |
ބޭންކް އޮފް މޯލްޑިވްސް |
ޕޯޓަލް (ވެބްސައިޓް) |
- |
5 |
ފަހިޕޭ |
ފަހި ޕޭ (އެޕްލިކޭޝަން) |
ވެބްސައިޓް |
6 |
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރި ޕޭ |
- |
ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ވުމާއެކު ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ދައްކަވާ ފަރާތްތަކުން ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ދެއްކެވުމާށާއި، ފިޠުރު ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު ފައިސާ ހަމައަށް ގެނައުމަށް ހަނދުފުޅުކޮށް އަރުވަމެވެ.