ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/31
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:15
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންދުކުރި ކާބޯތަކެތި ވިއްކުމާއި ގުޅޭ

ކެނދިކުޅުދޫގެ ގޭބިސީތަކުންނާއި ފިހާރަތަކުން ބަންދުކުރި ކާބޯތަކެތިގެ ގިނަ ބާވަތްތަކެއް އެކި މަންސަތަކުގައި ވިއްކަމުންދެއެވެ. ބަންދުކުރި ކާބޯތަކެތީގެ ބާވަތްތައް ބަންދުކޮށްފައި ހުންނައިރު، ފޮށި ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުކޮށްފައި ހުންނަ އެއްޗެހީގައި ކާނާގެ ބާވަތްތަކާއި، އުފެއްދި ތާރީޚާއި އަދި މުއްދަތު ހަމަވާ ތާރީޚް ފަދަ މުހިންމު މަޢުލޫމާތު ނުހުންނަކަމުގެ ޝަކުވާ މި ކައުންސިލަށް އަންނަނީ ލިބެމުންނެވެ.

އެހެންކަމުން، ގޭބިސީތަކުންނާއި، އަމިއްލަ ފަރާތްތަކުން އަދި ފިހާރަތަކުން ވިއްކާ އެފަދަ ތައްޔާރީ ކާނާގެ ބާވަތްތައް ހުންނަންވާނީ އެ އެއްޗެހި ގަންނަފަރާތްތަކަށް އެ ކާބޯތަކެތީގެ ފުރިހަމަ މަޢުލޫމާތު އެގޭނޭފަދައިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑު ("ބަންދުކުރި ކާބޯތަކެތީގެ ލޭބަލްކުރުމުގެ ޤައުމީ މިންގަނޑު" (MFD-FCD STAN 4-2014(Rev. 1-2016) އަށް ފެތޭ ގޮތަށް ބަންދުކޮށް ލޭބަލް ކުރުމަށް ބަންދުކުރި ކާބޯތަކެތި ވިއްކާ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

02   ޝަޢުބާން    1445

12   މާރިޗް      2024                                                                          

12 މާރިޗު 2024