މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/39
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 28 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަވަށުގެ މަނިކު ފުޓްބޯޅަދަނޑުގެ މަސައްކަތް ނިންމުން

އައްޑޫސިޓީގެ ހިތަދޫ އަވަށުގެ މަނިކު ފުޓްބޯޅަދަނޑުގެ މަސައްކަތް ނިންމުން

އައްޑޫސިޓީގެ ހިތަދޫ އަވަށުގެ މަނިކު ފުޓްބޯޅަދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތް ފުރިހަމަކޮށް ނިންމަން ބޭނުންވެއްޖެއެވެ. 

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މޭ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015