މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/18
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 29 އޭޕްރިލް 2015 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
05 ދަނޑެއްގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނޭ ފަރާތެއް ހޯދުން

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ހިތަދޫގެ 05 ދަނޑެއްގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނޭ ފަރާތެއް ހޯދުން

އައްޑޫސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ހިތަދޫ އަވަށުގެ 05 ދަނޑެއްގައި ލައިޓްޕޯސްޓް ޖަހައި ލައިޓްޕޯސްޓްތަކަށް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މޭ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015