މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/18
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 28 އޭޕްރިލް 2015 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނޭ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓް ގުޅައިދޭނޭ ފަރާތެއް ހޯދުން

އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ޖަހައި ލައިޓްޕޯސްޓްތަކަށް ކަރަންޓް ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް އައްޑޫސިޓީގެ ހުޅުދޫ އަވަށު އޮފީހަށާއި މި  އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށާއި ހުޅުދޫ އަވަށު އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ހުޅުދޫ އަވަށު އޮފީހާއި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015