ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-ESMS/267/2024/21
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 06 އޭޕްރިލް 2024 00:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިބެހޭ

 

          1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް 02 ރަމަޟާން 1445 (12 މާރިޗު 2024) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 (06 އޭޕްރީލް 2024) ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 11:30ށް މިއިދާރާއިން ބަލައިގަންނަމުން ގެންދާނެއެވެ. އަދި ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ މިދުވަސްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން 13:00 އަށް ކަމުގައި ދަންނަވަމެވެ. ފިޠުރު ޒަކާތް، މީހަކަށް ދައްކަންޖެހޭ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ.

          މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާ އިން ކައުންސިލް އިދާރާއިންނެވެ. އަދި ޓްރާންސްފާ ކޮށްގެން ނުވަތަ އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކުން ފިޠުރުޒަކާތް ބަލައިގަންނަ މުއައްސަސާތަކުގެ ޕޯޓަލްތަކުން (ބީ.އެމް.އެލް،އެމް.އައި.ބީ،ދިރާގު،އުރީދޫ، ފަހިޕޭ،ބަނޑޭރިޕޭ) އިން  އެރަށެއް ސެލެކްޓް ކުރުމުން އެރަށަކަށް ޒަކާތް ދެއްކޭނެއެވެ. 

1445 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތަށް ތިރީގައި އެވަނީއެވެ.

 

އާދައިގެ ހަނޑުލުން

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

ފުށް

 

           

އާދައިގެ

އާޓާ

މީހަކަށް

12.00

70.00

80.00

70.00

100.00

125.00

10.00

75.00

12 މާރިޗު 2024