ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރުޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 12:00 އަށް މި އިދާރާގައި އޮންނާނެއެވެ. އަދި ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ މިދުވަސްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ. ފިޠުރުޒަކާތުގެ ގޮތުގައި މީހަކަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދުގެ ތިރީގައި އެވަނީއެވެ.
އާދައިގެ ހަނޑޫ - 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
ރަތް ހަނޑޫ - 80 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ
އާދައިގެ ފުށް - 10 ރުފިޔާ
އާޓާ ފުށް - 75 ރުފިޔާ
މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާ އިންނެވެ. ނަޤުދު ފައިސާއިން ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ހަމައަށް ފައިސާ ދެއްކެވޭގޮތަށް ފައިސާ މާރުކުރައްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި އޮންލައިންކޮށް ފިތުރުޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިޢުލާން ނަމްބަރު (IUL)496-A2/496/2024/1002 : (07 މާރިޗު 2024) ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.