ބީލަން
ނަންބަރު: (IUL)403-A/403/2024/54
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 20:30
ސުންގަޑި: 21 މާރިޗު 2024 10:30
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯރ ޖިމް ހެދުން

 (IUL)403-A/403/2024/54:ނަންބަރު                                          

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                   މި އިދާރާއިން ދޭ ނަމޫނާ އާއި އެއްގޮތަށް އައުޓްޑޯރ ޖިމް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ މިއިދާރާއިން ޢާންމުކޮށްފައިވާ ނަންބަރު 22) (IUL)403-A/403/2024/37 ފެބުރުވަރީ 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ. މިމަސައްކަތަށް ބޭނުންވާ ތަކެތި މި އިދާރާއިން ފޯރުކޮށްދެވޭނެއެވެ.

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

20 މާރިޗް 2024 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

21 މާރިޗް 2024 (ބުރާސްފަތި)

10:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

          

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗް 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި

ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 12 މާރިޗް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 20 މާރިޗް 2024 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              29 ޝަޢްބާން 1445ހ

10 މާރިޗު 2024