ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތު ފައިސާ ބަލާގަތުމާއި ބެހޭ
1445 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރިޗު 2024) ން 27 ރަމަޟާން 1445 (06 އެޕްރީލް 2024) ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރު ތެރޭގައި އާއްމުކޮށް ކައި އުޅުނު ބާވަތްތަކަށް ބަލައިގެން މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރަށް ވާ ފައިސާއިން ނެވެ.
ފިޠުރު ޒަކާތު ފައިސާ ދައްކަވާނީ މިކައުންސިލްގެ އެކައުންޓް ނަމްބަރ: 7724700303004 (ޙަރަދު 2) އެކައުންޓަށްށެވެ. ޒަކާތް ދެއްކުމުގައި ދައްކަން ޖެހޭ ޢަދަދަށް ހަމައަށް ފައިސާ އަދި ފައިސާ ދައްކަވާ ފަރާތުގެ އައިޑީ ކާރޑް ނަމްބަރ އަދި ގޭގެ ނަން އަދި މީހުންގެ އަދަދު ރިމާކްސްގައި ޖެއްސެވުމަށް ދަންނަވަމެވެ. ޒަކާތް ދެކުމުގައި ވަރަށްގިނަފަހަރު އޮޅިގެން އެއްގެއަކުން ދެފަހަރު ނުވަތަ އެކަކަށް ދެފަހަރު ޒަކާތުފައިސާ ދެއްކޭގޮތް މެދުވެރި ވާތީ، ޒަކާތްދެއްކުމުގެ ކުރިން އެގެއަކުން ނުވަތަ އެމީހަކަށް ޒަކާތް ފައިސާ ދައްކާފައި ނުވާކަން ޔަގީން ކުރައްވައި ޒަކާތް ދެއްކެވުމަށް ދަންނަވަމެވެ.
މިއަހަރު ފިތުރުޒަކާތު ފައިސާ މިއިދާރާއަށް ދައްކަން ޖެހޭ ގޮތު ތަފްސީލް ތިރީގައި އެވަނީއެވެ.
މީހަކަށް |
އާދައިގެ ހަނޑޫ |
ތައިލެންޑް ހުދު ހަނޑޫ |
ރަތްހަނޑޫ |
ބާސްމަތީ އާދައިގެ ހަނޑޫ |
ބާސްމަތީ މޮޅު ހަނޑޫ |
ބާސްމަތީ އެންމެ މޮޅުހަނޑޫ |
އާދައިގެ ފުއް |
އާޓާ ފުއް |
2.4ކިލޯ |
-/12 ރ |
-/70 ރ |
-/80 ރ |
-/70 ރ |
-/100 ރ |
-/125 ރ |
-/10 ރ |
-/75 ރ |
ފިތުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އާއި ހަމައަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.