ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2024/34
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 19:15
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ފިޠުރު ޒަކާތް ނެގުމާބެހޭ

 

1445 ފިޠުރު ޒަކާތް ނެގުމާބެހޭ

 

 

 

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 11:45 އަށް މި އިދާރާގައި އޮންނާނެއެވެ. އަދި ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ މިދުވަސްތަކުގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 11:30 އަށް ކަމުގައި ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދުގެ ތިރީގައި އެވަނީއެވެ.

 

 

 

1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

 

 

 

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތްހަނޑޫ                 

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ ( އާދައިގެ )

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ ( މޮޅު )

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

125 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 

 

 

މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ނަމްބަރ: 496-A2/CIR/2024/1001 ސާރކިއުލަރ ގައިވާ ގޮތަށް ނަޤުދު ފައިސާއިންނެވެ.  އަދި ފިޠުރު ޒަކާތް އޮންލައިންކޮށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމްބަރު (IUL)496-A2/496/2024/1002 :އިޢުލާނުގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.

 

 

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                     29 ޝަޢުބާން 1445  

 

10 މާރިޗު 2024