ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2024/039
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 14 މާރިޗު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މި އިޢުލާންވަނީ 21 މާރިޗު 2024 09:57 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެޗް.އާރް އެންޑް އެޑްމިނިސްޓްރޭޝަން / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް/ ސ.ހުޅުމީދޫ

ޖުމްލަ މުސާރަ:

10,201/-ރުފިޔާ) ދިހަ ހާސް ދުއިސައްތަ އެއް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

-          އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.         

 

ޝަރުޠު:

-          މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-          ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

-           

މަޤާމުގެ މަސްޢޫލިއްޔަތު:

-          ޑިޕާޓްމަންޓުގައި މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުން.

-          ބޭންކް ލެޓާ އާއި ސަރވިސް ލެޓާ އަދި ލީވް ފޯމް ހެދުން.

-          ޕާސަނަލް ފައިލްތައް ބެލެހެއްޓުން، މިގޮތުން އަލަށް ހަދަންޖެހޭ ފައިލްތައް ހެދުން އަދި ފައިލްތައް ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން ރައްކާތެރި ކަމާއިއެކު ގެންގުޅުން.

-          ބިދޭސީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ( ކޮންޓްރެކްޓް ) އަދި ވަޒީފާގެ ބަޔާން ( ޖޮބްޑިސްކުރިޕްޝަން) ހެދުން.

-          ބިދޭސީ މުވައްޒަފުންގެ ވޯރކް ވިސާއާއި ޕާސްޕޯޓް މުއްދަތު ހަމަވާ ތާރީޚްތައް ބަލާ މުއްދަތު ހަމަވުމުގެ ކުރިން ރިނިއު ކުރަން ހެޑް އޮފީހަށް ފޮނުވަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ތައްޔާރުކޮށް ފޮނުވުމާއި އަދި ބިދޭސީ މުވައްޒަފުންގެ "އެކްޕެކްޓްރިއޭޓް ރަޖިސްޓްރީ" އަޕްޑޭޓްކޮށް ބެލެހެއްޓުން.

-         އިންވޮއިސް ތަކަށް ޕެޓީކޭޝް ރިކްއެސްޓް ސްލިޕް ތައްޔާރުކުރުން.

-         އޭ.އެކްސް ސޮފްޓްވެއަރއިން ޑިޕާޓްމެންޓުގެ ހުރިހާ ސެކްޝަންތަކަށް ބޭނުންވާ މުދާ ވެއަރހައުސްއިން ނެގުމަށް ބޭނުންވާ "ގުޑްސް ރިކްއެސްޓް ނޯޓް" ތައްޔާރުކުރުން.

-           

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ [email protected]
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 މާރޗް 2024 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

10 މާރިޗު 2024