ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2024/24
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 07 އޭޕްރިލް 2024 12:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:

މި އިޢުލާންވަނީ 10 މާރިޗު 2024 15:01 ގައި ބާތިލް ކުރެވިފައެވެ.


ޢިޢުލާން

1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:

                މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރޗް 2024) ވާ އަންގާރަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (07 އޭޕްރީލް 2023) ވާ އާދިއްތަދުވަހުގެ ނިޔަލަށް  ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00އަށެވެ.

        ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެބަޔަކު އެއަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ އަގެވެ.ނުވަތަ 2.4 ކިލޯއެވެ.

1444 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުއް

10 ރުފިޔާ

8

އާޓާ ފުއް

75 ރުފިޔާ

            އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފިޠުރުޒަކާތް ދައްކަވަން ބޭނުންފުޅުވާނަމަ މި ކައުންސިލްގެ 1347 ރެވެނިއު2  ގެ ނަންބަރ 002 700404 7717 އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 9783243 ނަމްބަރއަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. ވައިބަރ ކުރައްވާއިރު ޒަކާތް

ދެއްކި ގޭގެނަން، މީހުންގެ އަދަދު، ދެއްކި ބާވަތް އަދި ދެއްކި ފަރާތުގެ ނަން އެނގޭނޭގޮތަށް ތަފްސީލް ލިޔުވަންވާނެއެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 މާރިޗު 2024