ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRMS/1/2015/33
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 28 އޭޕްރިލް 2015 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޕްރިންސިޕަލް އޮފިސަރ، ޓެކްސްޕޭޔަރ ފެސިލިޓެޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް/ ޓެކްސްޕޭޔަރ ފެސިލިޓޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/8,000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/155 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1415 އަށް އަންނަ ފޯންކޯލްތަކަށާއި އީމެއިލް ތަކަށް ޖަވާބުދިނުމާއި، ކޯލްސެންޓަރ އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

ސީނިއަރ އޮފިސަރ، އެޑްމިނިސްޓްރޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،500 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން.
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހާ މުދާ ހޯދުމުގެ މަސައްކަތްތައް ކުރުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމާއި މީގެ އިތުރުން އިދާރީގޮތުން އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން

ޝަރުތު: އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

ސީނިއަރ އޮޑިޓް އޮފިސަރ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

ކޮމްޕްލަޔަންސް ޑިޕާޓްމަންޓް/ އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،500 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު: އެކައުންޓިންގ ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، އެންފޯސްޑް ކަލެކްޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް / އެންފޯސްޑް ކަލެކްޝަންސެކްޝަން

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،500 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ފައިސާ ނުދައްކާ ފަރާތްތަކާ މުއާމަލާތްކޮށް ލިބެންޖެހޭ ފައިސާ ހޯދުމާއި އެ ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

ސީނިއަރ އޮފިސަރ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވިޜަން/ ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،500 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ޑޭޓާބޭސްއަށް ބޭނުންވާ އަޕްޑޭޓްތައް ހޯދާ އިމްޕްލިމެންޓްކުރުމާއި ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި އީ-ގަވަރމަންޓް ޕޯޓަލްއާގުޅޭ މަސައްކަތް ބެލެހެއްޓުމާއި އަދި މިނޫންވެސް ޑޭޓާބޭސް ބެލެހެއްޓުމާގުޅޭ އެހެން ހުރިހާ ކަންކަން ކުރުން

ޝަރުޠު: އައި.ޓީ ދާއިރާއިން ބެޗްލަރސް ޑިގްރީ ނިންމާފައިވުން

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

އެންފޯސްމަންޓް ޑިޕާޓްމަންޓް/ ރިޓަރން ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،000 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ރިޓަރންތައް ޗެކުކޮށް ސިސްޓަމަށް އެޅުމާއި ފުރިހަމަ ނޫން ޓެކްސް ބަޔާންތައް ފާހަގަކޮށް، ބަޔާންތައް ފުރިހަމަ ކުރުމަށް އެންގުމާއި އަދި ރިޓަރން ހުށަނާޅާ ފަރާތްތަކަށް ޓެކްސް ރިޓަރން ހުށަހެޅުމަށް އެންގުމާއި އަދި މިކަމާގުޅޭ މަސައްކަތްތައް ކުރުން

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

(މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،000 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކައުންޓަރުން ފައިސާ ބަލައިގަތުމާއި އަދި ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

(މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓަންޓް  އޮފިސަރ، އެޑްމިނިސްޓްރޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން /ސެކްޝަން:

ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،000 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހާ މުދާ ހޯދުމުގެ މަސައްކަތްތައް ކުރުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމާއި މީގެ އިތުރުން އިދާރީގޮތުން އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުން.

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

(މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓަންޓް އޮފިސަރ،ހިއުމަން ރިސޯސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް / ހިއުމަން ރިސޯސް ޑިވިޜަން

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

  • ލިވިންގ އެލަވަންސް: -/2،000 ރުފިޔާ
  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން
  • ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް-/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ މުވައްޒަފުންނާއި، އަދި މުސާރައާބެހޭ މަސައްކަތްތަކާއި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްކުރުން

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

(މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

މެސެންޖަރ-ކަމް-ޑްރައިވަރ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

ކޯޕޮރޭޓް ސަރވިސް ޑިޕާޓްމަންޓް/ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން/ އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

-/3،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/750 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/55 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮތޯރިޓީގެ ވެހިކަލްގައި އޮފީހުގެ ފަރާތުން ދާންޖެހޭ ތަންތަނަށް ދިޔުމާއި، އެކި ފަރާތްތަކަށް ޑެލިވަރ ކުރަންޖެހޭ ތަކެތި ޑެލިވަރ ކުރުމާއި، ސްޓޮކުން ތަކެތި ނަގަން ދިއުމާއި ވެހިކަލް ސާފުކޮށް ބެލެހެއްޓުމާއި އަދި މިނޫންވެސް އޮފީހުގައި ކުރެވޭ ކަންތައްތަކުގައި އެހީތެރިވެދިނުން.

ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ހަތަރު ފުރޮޅުލީ އުޅަނދުގެ ޑްރައިވިންގ ލައިސަންސް ލިބިފައިވުން

އެހެނިހެން ޝަރުޠުތައް

  • މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  • ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  • އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  • ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  • ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މިމަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

  • މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 އެޕްރީލް 2015 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

27 ޖުމާދަލްއާޚިރާ 1436 

16 އޭޕްރިލް 2015