ކުއްޔަށް ހިފުން
ނަންބަރު: (IUL)KRH-PLD/2024/25
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި:
17 މާރިޗު 2024 12:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގެ ބޭނުމަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުޔަށް ހިފުން
މި އިޢުލާނަކީ ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ގުދަންކޮށްގެން ބަލަހައްޓަންޖެހޭ ތަކެތި ބެހެއްޓުމަށްޓަކައި ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، ގުދަން ކުއްޔަށް ދޫކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/MqAvQDubm9HsWrTMA މެދުވެރިކޮށް، 10 މާރިޗް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 17 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 17 މާރޗް 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 20 މާރޗް 2024 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި، މި ބީލަމާއި ގުޅުންހުރި ލިޔެކިޔުންތައް ގެޒެޓްގައި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: ޖަލްސާކުރާ މާލަން / ހދ.މަކުނުދޫ ޞިއްޙީ މަރުކަޒު
ތާރީޚާއި ގަޑި: 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި
10 މާރިޗު 2024