ދެންނެވުން
ނަންބަރު: MBA/IUL/2024/07
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި:
21 މާރިޗު 2024 13:30
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ
މިއެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 23 މާރޗް 2024 ވާ ހޮނިހިރު ދުވަހުގެރޭ 22:00 ގައި އެމް.އެން.އައި.އެސް ސެމިނަރ ރޫމް (ހ.ބޯޅަގެ، 3 ވަނަ ފަންގިފިލާ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިޖަލްސާގައި ބައިވެރިވުމަށް މިއެސޯސިއޭޝަންގެ މެމްބަރު ކުލަބް/ޖަމްޢިއްޔާ ތަކުން 2 ބޭފުޅެއްގެ ނަން (ވޯޓު ލާންޖެހިއްޖެ ހާލަތެއްގައި ވޯޓުލާނެ ފަރާތް އެނގޭނޭގޮތައް) ބަޔާންކޮށް 21 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި އަހަރީ އާންމު ޖަލްސާއަށް މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް/ޖަމްޢިއްޔާތަކުން ހުށަހަޅަން ބޭނުންވާ ކަމެއް ވާނަމަ އެކަން ލިޔުމަކުން 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެއްޅުއްވުން އެދެމެވެ.
10 މާރިޗު 2024