ދިވެހިރާއްޖެ
އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވަލޮޕަރސް ބޭނުންވެއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮފްޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު: |
7 (ހަތެއް) |
މަސައްކަތުގެ މުއްދަތު: |
1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.) |
އުޖޫރަ: |
މަހަކު -/12,000 ރުފިޔާ |
ފެންވަރު/ޝަރުޠު |
(މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.) |
މައިގަނޑު މަސައްކަތްތައް: |
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
|
ހުށަހަޅަންޖެހޭ ތާރީޚު: މިމަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ،ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
01 ރަޖަބު 1436