މުބާރާތް
ނަންބަރު: (IUL)307/INDIV/2024/34
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 20 މާރިޗު 2024 12:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 07 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

                                                       (IUL)307/INDIV/2024/34 :ނަންބަރު

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްގެ 7 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ވަނީ ހުޅުވާލެވިފައެވެ.

އެހެންކަމުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މާރޗް 2024 އިން 20 މާރޗް 2024 ވާ ބުދަ ދުވަހުގެ12:00 ގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

ފޯމް:  https://docs.google.com/forms/d/e/1FAIpQLSeN-bUW__m0mCqfClGN7vaCSw2Ycb60CaM58RfJ3nVApknFXw/viewform?usp=sharing

ޤަވާއިދު: https://drive.google.com/file/d/1UJtCv_Y2rYE4HpGTsVWkdC3T4N6Zynob/view?usp=sharing

މުބާރާތުގެ މުޤައްރަރު:

ޤައުމީ މުޤައްރަރަށް އަމަލުކުރެވުނުކަމުގައި ވީނަމަވެސް ކައުންސިލްގެ ވިސްނުން ހުރީ ވީހާވެސް ގިނަ ތުއްތުކުދިންނަށް ފުރުސަތު ދިނުންކަމުގައިވާތީ، ހިތްވަރުދިނުމުގެ ގޮތުން އެކުދިން މުބާރާތުގައި ބައިވެރިވެ މުޤައްރަރުގެ ބޭރުން ކިޔަވާލުމުގެ ފުރުސަތު ދެވިގެންދާނެއެވެ. ވީމާ، ގިނަ ތުއްތުކުދިން ބައިވެރިކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.

10 މާރިޗު 2024