ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/35
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 06 އޭޕްރިލް 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:

                                                      (IUL)307/INDIV/2024/35:ނަންބަރު

1445 ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 ( 12 މާރޗް 2024) ވާ އަންގާރަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 (06 އޭޕްރީލް 2024 ) ވަނަ ދުވަހުގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 12:30 އަށެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅަފައިވާތީ ފިޠުރު ޒަކާތް ދައްކަވަން ބޭނުއްފުޅުވާ ފަރާތްކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް ކަމުގައި ދަންނަވަމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުންނެވެ.

ތަފްސީލު (އިސްލާމިކް މިނިސްޓްރިއިން ކަންޑައަޅާފައިވާ ރޭޓްތަށް):

#

ބާވަތް

ފައިސާ އަދަދު (މީހަކަށް)

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ(އާދައިގެ)

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ(މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

އޮންލައިންކޮށް ޒަކާތުގެ ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ޓްރާންސްފާ ކުރައްވާނީ މިކައުންސިލްގެ ތިރީގައިވާ އެކައުންޓަށެވެ. ފައިސާ ޓްރާންސްފާ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުވާއިރު ޒަކާތް ފޮނުވި ފަރާތުގެ ގޭގެ ނަން، މީހުންގެ އަދަދު، އަދި ފައިސާ ދެއްކެވި ރޭޓް (ބާވަތް) ވެސް ލިޔުއްވަންވާނެއެވެ.

އެކައުންޓް ނަން

1348 ރެވެނިޔު 2

އެކައުންޓް ނަންބަރ

7717700406002

ވައިބަރ ނަންބަރ

7380052/9524922

10 މާރިޗު 2024