ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2024/34
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 17 މާރިޗު 2024 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، ޓްރޭނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް (ގްރޭޑް 1)

މަޤާމް :ސީނިއަރ އޮފިސަރ، ޓްރޭނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސަސް

އަސާސީ މުސާރަ

-/9،000ރ (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300ރ. 

ސަރވިސް އެލަވަންސް (ދުވަލަކަށް): -/120ރ.

ލިވިންގ އެލަވަންސް

-/2,500ރ (ދެ ހާސް ފައް ސަތޭކަ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1,000ރ (އެއް ހާސް) ރުފިޔާ

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މެނޭޖްމަންޓް ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މެނޭޖްމަންޓްް ދާއިރާއިން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮފީސް މުވައްޒަފުންނަށާއި އަދި އޮފީހުން ބޭރުގެ ފަރާތްތަކަށް ހިންގާ ޓްރޭނިންގތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން، އަދި ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާފަރާތަށާއި، ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ޓްރޭނިންގގައި ބައިވެރިވާ މިހުންގެ ހާޒިރީ ބެލެހެއްޓުމާއި ރެކޯޑްސް ބެލެހެއްޓުން.
  3. ފަސޭހައިން ފެންނާނެ. ތަރުތީބު ކުރެވިފައިވާ ގޮތަކަށް ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުން.
  4. ޓްރޭނިންގ ތަކުގެ ފީޑްބެކް ހޯދާ، އިވެލުއެޝަން އެނަލައިޒްކުރުމަށްފަހު ސުޕަވައިޒަރުންނަށާއި އެކްސްކޮމްއަށް ޙިއްސާކުރުން.
  5. އޮފީހުގެ މުވައްޒަފުންނަށާއި އޮޑިޓް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމަށްޓަކައި ޓްރޭނިނގް ނީޑްސް އެނާލިސިސް ހެދުމުގައި އެހީތެރިވުން.
  6. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން.
  7. އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތައް މާރކެޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ، ހިންގާ ބެލެހެއްޓުން.
  8. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުން ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން.
  9. ކޯސްތަކާއި ތަމްރީނުތައް ފަރުމާކޮށް ތަައްޔާރު ކުރުމުގައި އެހީތެރިކަން ދިނުމާއި އަދި ކިޔަވައިދިނުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  10. ލައިބްރަރީގެ އިންވެންޓްރީ ބަލަހައްޓާ، ލައިބްރަރީގެ ޚިދުމަތްދިނުމާއި ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން.
  11. އޮފީހަށް ބޭނުންވާ ރިފަރެންސް މެޓީރިއަލްސް، ފޮތް، މެގަޒިންއަކީ ކޮބައިތޯ ދެނެގަނެ، މި ތަކެތި ހޯދުން .
  12. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމުގައި އެހީތެރިވުން.
  13. ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް ސްޓްރެެޓެޖީ ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  14. މި އަޮފީހަކީ ޢާއްމުންގެ ކުރިމަތީގައި މަޤްބޫލު އޮފީހަކަށް ހެދުމުގެ ގޮތުން އޮފީހުގެ މުހިއްމު މަސައްކަތްތަކާއި ކާމިޔާބީ ޙިއްސާކޮށް އޮފީހުގެ ރެޕިއުޓޭޝަން ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
  15. މީޑިއާއާއިއެކު ދުޅަހެޔޮ ގުޅުމެއް ޤާއިމުކޮށް، އޮޑިޓް ރިޕޯޓްތަކުން ހޯދޭ މަޢުލޫމާތުތައް ހެޔޮގޮތުގައި ހާމަކުރުމަށް މަސައްކަތްކުރުން.
  16. ޢާއްމުން އަދި ސްޓޭކްހޯލްޑަރުންނާއިއެކު މުޢާމަލާތް ކުރެވޭ ގޮތްތައް ކުރިއަރުވާ، ޒަމާނާއި ގުޅޭ ބަދަލުތައް ގެންނަން މަސަައްކަތްކުރުން.
  17. ސްޓޭކްހޯލްޑަރުންނާއި ގުޅުން ޤާއިމު ކުރުމަށާއި ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުން
  18. މިއޮފީހުން ކުރާކަންކަމާއި ގުޅޭ މަޢްލޫމާތު ވެބްސައިޓާއި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުމާއި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުން
  19. ކޮމިއުނިކޭޝަން އޮފިސަރެއްގެ ގޮތުން ސްޓޭކް ހޯލްޑަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމާއި ސްޓޭކް ހޯލްޑަރުންގެ ރެކޯޑްސްތައް ބަލަހައްޓައި އަޕްޑޭޓް ކުރުން
  20. އޮޑިޓްކުރެވޭ މުއައްޞަސާތަކުގެ ވެރިންނާއި، ކަމާއި ގުޅޭ މުވައްޒަފުންނާއިއެކު ބައްދަލުވުންތައް ބާއްވާ، ދެފަރާތުގެ މަސްލަހަތު ހުންނަ ކަންކަން ކުރިއަރުވައި ގުޅުން ބަދަހިކުރުން
  21. ޕޯސްޓް އޮޑިޓް ސަރވޭ ކުރުމާއި، އެއާއި ގުޅިގެން އިޞްލާޙްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން މި އޮފީހުގެ ކަމާއި ބެހޭ ފަރާތްތަކާއި ( އޮޑިޓް މެނޭޖަރއާއި، ޑައިރެކްޓަރ އާއި އަދި އެޗް.އާރ އާއި) ހިއްސާކުރުން.
  22. މި އޮފީހަށް ހުށަހެޅޭ ޝަކުވާތައް ބަލަހައްޓާ، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.
  23. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  24.  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

7. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު ޖޮބް ޕޯޓަލް އިން ސްޓޭޓަސް ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

17 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ،  ,3348200 / 3348275 ނަންބަރު  ފޯނަށެވެ.

10 މާރިޗު 2024