ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 237-C/2015/28
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 26 އޭޕްރިލް 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުނީޗަރާއި މެޝިނަރީ ބޭނުންވެގެން

މިއިދާރާއަށް ފަރުނީޗަރާއި މެޝިނަރީ ބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު: C/2015/21-ފ237 (05 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން އައިސްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

ވުމާއެކު، މިއިދާރާއިން ދޭ ސްޕެސިފިކޭޝަނާއި، މަޢުލޫމާތާ އެއްގޮތަށް ތިރީގައިމިވާ ތަކެތި ހޯދައި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1- 2 ކޮމްޕިއުޓަރ ސިސްޓަމް

2- 1 ލެޕްޓޮޕް

3- 1 ޕްރިންޓަރ

4- 1 ލެމިނޭޓް މެޝިން

5- 3 އެގްޒެކްޓިވް މޭޒު

6- 3 ފައިލް ހަރުގަނޑު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 26 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 30 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވެގެން ހޯދާ ތަކެތީގެ އަންދާސީހިސާބު " މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

16 އޭޕްރިލް 2015