ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: RS/IUL/2015/33
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 23 އޭޕްރިލް 2015 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
އޮފީސް ކަބަޑު ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ބޭނުންވާ 10 އޮފީސްކަބަޑު ގަންނަން ހޯދުނު ނަންބަރ: RS/IUL/2015/14ފ(24 މާރިޗު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލަށް ބޭނުންވާ 10 އޮފީސް ކަބަޑު ގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 12:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

26 ޖުމާދަލްއާޚިރާ 1436

15 އޭޕްރިލް 2015