އިޢުލާނު
|
މަޤާމު:
|
ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
JS12-2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް އޮފިސަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ލީގަލް އެންޑް ކޮންޕަލަޔަންސް ޑިވިޝަން)
|
މުސާރަ:
|
-/9,412 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޖުޑީޝަލް އެލަވަންސް: -/6,117.80 (އަސާސީ މުސާރައިގެ %65)
- ސަރވިސް އެލަވަންސް: -/3,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އެކިއެކި ޤާނޫނީ މައްސަލަތަކާއި މަފްހޫމުތަކާއި މައުޒޫއުތަކާ ބެހޭގޮތުން ޤާނޫނީ ދިރާސާ ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެމަޢުލޫމާތު އާއްމުކުރުމުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯޓުތަކުގެ ތަފާސްހިސާބުތައް ދިރާސާކޮށްގެން، ޤާނޫނީ ގޮތުން ވިސްނަންޖެހޭ ނުކުތާތައް ފާހަގަކޮށް، އެކަންކަމާ ބެހޭގޮތުން އެކިއެކި ހަރަކާތްތައް ހިންގާ، ހޭލުންތެރިކުރުމުގެ މަޝްރޫއުތައް ފަރުމާކޮށް ހިންގުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޗެކްކުރުމާއި، އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެއްވެސް ސެކްޝަނަކަށް ޤާނޫނީ ލަފައެއް ނުވަތަ އިރުޝާދެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ދިމާވެފައިވާ މައްސަލަ ފުރިހަމައަށް ދިރާސާކޮށް، ލަފަޔާއި އިރުޝާދު ދިނުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދާއި، އެހެނިހެންވެސް ޝަރުޢީދާއިރާގައި ހެދިފައިހުރި އެފަދަ ޤަވާޢިދުތަކާއި އުޞޫލުތައް ދިރާސާކޮށް، އެޤަވާޢިދުތަކާއި އުޞޫލުތަކަށް އިސްލާހެއް ގެންނަންޖެހޭ ހާލަތްތަކުގައި އެކަމާގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި، އިސްލާހް ޑްރާފްޓްކުރުން ފަދަ މަސައްކަތްތައް ކުރުން.
- މާލިއްޔަތު ޤާނޫނާއި ޤަވާޢިދު ފަދަ އެކިއެކި ޤާނޫނުތައް ދިރާސާކޮށް، އެފަދަ ޤާނޫނުތަކާއި ޤަވާއިދުތަކާ ބެހޭގޮތުން ޑިޕާޓްމަންޓުގެ އިދާރީ ބޭފުޅުންނަށް މަޢުލޫމާތު ދިނުމާއި ތާޒާ ކުރުމުގެ ބުރުތައް ރާވައި ހިންގުމުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އެއްވެސް ފަރާތަކާ ދެމެދު ޤާނޫނީ އަދި ޝަރުޢީ ޚުޞޫމަތެއް އުފެދިއްޖެ ކޮންމެ ހިނދެއްގައި، އެ ޚުސޫމަތަކާ މެދު ޑިޕާޓްމަންޓުން އަމަލުކުރަންވީ ގޮތަކީ ކޮބައިކަމާއި، އެ ޚުޞޫމަތަކާ ގުޅިގެން ޑިޕާޓްމަންޓުން އުފުލަންޖެހޭ ޤާނޫނީ ޒިންމާތަކަކީ ކޮބައިކަމާއި، ޑިޕާޓްމަންޓަށް ލިބޭ ޤާނޫނީ ޙައްޤުތަކާއި އިޚްތިޔާރުތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް، އެކަމުގައި ޑިޕާޓްމަންޓަށް ޤާނޫނީ ލަފާ ދިނުން.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަޞްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިއަށްދާއިރު، އެމައްސަލާގައި ޑިޕާޓްމަންޓު ތަމްސީލުކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
- .އަލަށް ފަނޑިޔާރުކަން ދެވޭ ބޭފުޅުންގެ އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ލީގަލް އެންޑް ކޮމްޕްލަޔަންސް ސެކްޝަންގެ ފަރާތުން ނަގަންޖެހޭ ސެޝަންތައް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ދިވެހި ދަޢުލަތުގެ އެންމެހާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޑިރެކްޓްރީއެއް ތައްޔާރުކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެޑިރެކްޓްރީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓަށް އަޕްލޯޑްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
- އައު ޤާނޫނުތައް ހެދުމަށްޓަކައި ތަޢާރަފްކުރެވޭ ބިލުތައް ދިރާސާކުރުމާއި، އޭގެ ތެރެއިން ޝަރުޢީދާއިރާއާ ގުޅުން ހުރި ބިލުތައް ފާހަގަކޮށް، އެބިލުތަކާ ބެހޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ލަފާދިނުން.
- ލީގަލް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުން ކުރިއަށްގެންދާ އިދާރީ ތަޙްޤީޤުތައް ކުރުން.
- ޑިޕާޓްމަންޓުގައި އެކުލަވާލެވޭ ތަޙްޤީޤީ ސަބް-ކޮމިޓީތަކުގެ ތަޙްޤީޤުތަކުގައި މިފަދަ އެހެނިހެން ތަޙްޤީޤުތަކުގައި ބައިވެރިވެ މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ ބޭނުމަށް ރަސްމީ ލިޔެކިޔުންތަކުގައި މި ޑިޕާޓްމަންޓުގެ ނަމުގައި އަސްލާ އެއްގޮތްކަން ބަޔާން ކުރާ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރުން.
- އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތައް ތަންފީޒުކުރުމަށްޓަކައި ޝަރުޢީދާއިރާގެ ފަރާތުން އެކުލަވާލަންޖެހޭ ޤަވައިދުތަކާއި އުސޫލުތައް އެކުލަވާލުން.
- ޝަރުޢީދާއިރާއަށް ބޭނުންވާ ޕްރޮޖެކެޓްތަކާއި މަސައްކަތްތައް އައުޓް ސޯސްކޮށްގެން ކުރިއަށް ގެންދިއުމާގުޅޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި އެ ބަސްވުންތަކުގެ ޤާނޫނީ ޞައްޙަކަން ކަށަވަރުކުރުން.
- ޝަރުޢީދާއިރާއަ ގުޅުންހުރި މައްސަލަތަކަށް، ތަޙްޤީޤު އިދާރާތަކުން ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުން.
- ޤާނޫނާއި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ ލަފައަކަށް ކޯޓުތަކުން އެދިއްޖެނަމަ، އެކަމުގެ ލަފާ ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކޯޓުތަކަށް ދިނުން.
- ކޯޓުތަކުގެ ޝަރުޢީ އަދި އިދާރީ ކަންކަމާއި ގުޅުންހުރި ކަންތައްތަކުގައި ޢާންމު ރައްޔިތުން ހުށަހަޅުއްވާ ޝަކުވާތަކަށް ޖަވާބުދާރީވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- އަލަށް ތަސްދީޤުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތަކާބެހޭ މަޢުލޫމާތު ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޯޓުތަކަށް ޝަރުޢީ ވަފުދު ފޮނުވުމާގުޅޭ ގޮތުން ޑިޕާޓްމަންޓުގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިދާރީ ކަންތައްތައް ފުރިހަމަކުރުން.
- ތަރުޖަމާނުންގެ ދަފުތަރު އަދާހަމަކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ޝަރީޢަތާއި ޤާނޫނު، ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލުކޮށްފައިވުން.
|
ތަޢުލީމީ ރޮނގު
|
- ޝަރީޢަތާއި ޤާނޫނު
- ޤާނޫނު
- ޝަރީޢާ
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ޝަރީޢަތާއި ޤާނޫނު
- ޤާނޫނު
- ޝަރީޢާ
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛
2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛
2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛
2.4. ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛
2.5. އަނބިމީހާ ނުވަތަ ފިރިމިހާ؛
2.6. ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛
2.7. މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛
2.8. ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛
2.9 ދެބޭންގެ ދެދަރި މީހަކު.
ކަމުގައި ނުވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.judiciary.gov.mv
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މާރކްސް
|
އަސާސީ ޝަރުޠު ހަމަވުން
|
25
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ދެވޭ ޕޮއިންޓް
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
15
|
ޕްރެޒެންޓޭޝަން
|
15
|
އިންޓަރވިއު
|
30
|
ޖުމްލަ
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗު 20 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 24 މާރިޗު 2024 ން 21 އެޕްރީލް 2024 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.
އިންޓަރވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގައި އަދި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340852 / 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
|