ދިވެހިރާއްޖެ
ނަންބަރު: FAM/IUL/2024/001
އިއުލާން.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އިންތިޙާބާއި ގުޅޭ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ 25 ވަނަ ބައްދަލުވުމުގައި މިއިދާރާގެ އަސާސީ ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި މި އިދާރާގެ އިންތިޙާބު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.
ވުމާއިއެކު، އެފް.އޭ.އެމްގެ އިންތިޙާބު 20 އޭޕްރީލް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަން އިއުލާނުކުރަމެވެ.
ވީމާ، އަސާސީ ގަވާއިދުގެ ދަށުން އެފް.އޭ.އެމްގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން 16 މާރިޗު 2024 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ލިޔެކިއުންތަށް ހުށަހެޅުއްވުން އެދެމެވެ. އަދި އެ ހުށަހަޅުއްވާ ލިޔެކިއުންތަށް ސިޓީއުރައަކަލައި ސީލް ކުރެވިފައިވާންވާނެއެވެ.
މި އިދާރާގެ އަސާސީ ޤަވައިދާއި އެއްގޮތްވާގޮތުގެމަތިން އިންތިޙާބުގެ އެންމެހައި ކަންކަން ކުރިޔަށްގެންދަވާނީ އެފް.އޭ.އެމްގެ 'އިލެކްޓޯރަލް ކޮމެޓީން"ގެ ފަރާތުންކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.
07 މާރިޗު 2024