ދިވެހިރާއްޖެ
އިއުލާން
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ބާއްވާ އާންމު ބައްދަލުވުމާއި ގުޅޭ
މާލެ ސަރަޙައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގުޅީފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުމެއް 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުން އިޢުލާނު ކުރެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، ބިން ވެރިޔާ ސްކީމް ގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ ގޮތުން އާއްމުކޮށް އިޢުލާނުކުރީމެވެ. މިގޮތުން މި ބައްދަލަވުމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ތިރީގައި މިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ގުޅީފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭން (ޑްރާފްޓް)، މި މިނިސްޓްރީ (މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް) ގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާނެ ކަމުގައި ދަންނަވަމެވެ.
7 މާރޗް 2024