ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-A3/1/2015/23
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 26 އޭޕްރިލް 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާބެހޭ ބައެއް ސާމާނު ގަންނަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މިއޮފީހަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ބެހޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/18) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

27 ޖުމާދަލްއާޚިރާ 1436

16 އޭޕްރިލް 2015