ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-WST/1/2024/7
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 14 މާރިޗު 2024 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ރަމަޟާންމަހު ކުނި އުކާލުމާއި މަގުތައް ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

އިއުލާން

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި މަގުމައްޗަށާއި  ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުންވެސް މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން މިއެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީވެ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަޙައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. އަދި، ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ޙަރަކާތެއް ހިންގުމަކީ ޤާނޫނު ނަންބަރު: 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަޙައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށް ދަންނަވަމެވެ.

07 މާރިޗު 2024