ދިވެހިރާއްޖެ
އިޢުލާން
11 މާރިޗު 2024 އިން ފެށިގެން 1445 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މި ސަރވިސަސްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެވިފައިވާ ވާހަކަ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މިސަރވިސަސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 14:00 އަދި ރޭގަނޑު 20:00 އިން 01:00 އަށެވެ. މި ވަގުތުތަކުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ޚިދުމަތް |
ހެނދުނު |
ރޭގަނޑު |
އެޗް. ބީ ބެލުމާއި ކްރޮސްމެޗް ހެދުމަށް ސާމްޕަލްނެގުން (ހޮނިހިރު - ބުރާސްފަތި) |
09:00 – 13:30 |
20:00 – 00:00 |
ތެލެސީމިއާ ސްކްރީނިންގ |
09:00 – 13:00 |
- |
ތެލެސީމިއާ ކާޑް ދޫކުރުން |
09:00 – 13:00 |
- |
ޑޯނަރުން ގައިން ލޭ ނެގުން |
09:00 – 13:30 |
20:00 – 00:30 |
ޑޯނަރުން ގައިން އެފެރެސިސްކޮށް ލޭ ނެގުން |
09:00 – 12:00 |
20:00 – 23:30 |
ލޭ ގުޅައިދިނުން (1 ޔުނިޓް) |
09:00 – 10:30 (ހުރިހާ އުމުރެއްގެ ކުދިންނަށް) |
20:00 – 21:30 (12 އަހަރުން މަތި) |
ލޭ ގުޅައިދިނުން (2 ޔުނިޓް) |
09:00 – 09:30 (ހުރިހާ އުމުރެއްގެ ކުދިންނަށް) |
20:00 – 20:30 (12 އަހަރުން މަތި) |
ޑޮކްޓަރުން ބެއްލެވުން |
09:00 – 13:30 |
20:00 – 00:45 |
އައިޖީއެމްއެޗް ޓެސްޓުތަށް ހެދުމަށް ސާމްޕަލް ނެގުން |
09:00 – 13:30
|
- |
ނޯޓް: ޑޯނަރުން ގައިން ލޭ ނެގުމަށްފަހު،ކުއްޖާ ގައިން ހެނދުނު 12:00 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ އެރޭ 22:30 ގައެވެ. ރޭގަނޑު 22:30 ގެ ފަހުން ނަގާ ސާމްޕަލްގެ ކްރޮސްމެޗް ނިމޭނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަދި ޖެހިގެން އަންނަ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ ކްރޮސްމެޗް ހެދުމަށް ސާމްޕަލް ނެގޭނީ އެދުވަހުގެ 22:30 ގެ ކުރިންނެވެ.