ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)255/255/2015/17
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 27 އޭޕްރިލް 2015 14:30
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ފައިނޭންސް އޮފިސަރ

ރޭންކް

އެމް. އެސް 1

ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ (ކޯޕަރޭޓް އެފެއާޒް ޔުނިޓް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޕޭމަންޓްވައުޗަރ ތައްޔާރުކުރުމަށްފަހު ބަޖެޓުން ހޯދަންޖެހޭ ފައިސާ ހޯދުން
  • ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ޙަވާލުކުރުން
  • ކައުންސިލް އިދާރާ މެދުވެރިކޮށް މުސާރަ ދެއްވާ މުވައްޒަފުންނަށް މުސާރަ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން
  • ފައިސާ ޖަމާކުރާ ފޮތްލިޔެ ބެންކަށް ފައިސާ ޖަމާކުރުން
  • ފައިސާ ބަލައިގަތުން
  • ތިޖޫރީގައިހުރި ފައިސާގެ ހިސާބުތައްލިޔެ ބެލެހެއްޓުމާއި ތިޖޫރީ ހަވާލުވުން
  • ކައުންސިލް އިދާރާގެ ހުރިހާ އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން
  • ޚަރަދުވައުޗަރ ތައްޔާރުކުރުން
  • ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން
  • ޗެކްޙަވާލުކުރުމާއި ޗެކް ރަޖިސްޓްރީ ބެލެހެއްޓުން
  • ރައްޔިތުންގެ އެކައުންޓްތަކުގެ ފައިސާގެ ހިސާބު ބެލެހެއްޓުން
  • ކުއްޔަށްދޭ ބިންބިމަށް ލިބޭފައިސާގެ ރިޕޯޓުތައްޔާރުކޮށް ފޮނުވުން
  • އެކިއެކި ފަންޑުތަކާއި ބެހޭކަންތައްތަކާއި ހިސާބު ބެލެހެއްޓުން
  • ފައިސާ އާއިބެހޭ ރިޕޯޓުތައް ތައްޔާރުކުރުން

(ހ) އިތުރުގަޑިއާއި ބަންދުދުވަހުގެ ރިޕޯޓު  

(ށ) ދިދަ ގަޑީގެ ރިޕޯޓު

(ނ) މުސާރަ ސީޓް ތައްޔާރުކުރުން

(ރ) އާންމުދަނީ ފައިސާގެ ރިޕޯޓު

  • އާންމުދަނީގެ ގޮތުގައިލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާނސްފަރ ކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން
  • ކައުންސިލްގެ ފައިނޭޝަލް ރިޕޯޓު ތައްޔާރުކޮށް ކޮންމެ 6 މަހަކުން ލޯކަލް ގަވަމަންޓް އެތޯރިޓީއަށް ފޮނުވުން
  • ވަގުތީގޮތުން ނަގާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ޙަވާލުކުރުން
  • ކޮންމެމަހެއް ނިމުމުން ނިންމަށްޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން

(ހ) ކައުންސިލް އިދާރާގެ ޚަރަދު ރިޕޯޓު

(ށ) މިސްކިތު މުވައްޒަފުންގެ ބަންދު ދުވަހުގެ ރިޕޯޓު

  • ކުރެޑިޓް ސުކީމުގައި ބައިވެރިވުމާއި ސުކީމަށް ފައިސާ ދެއްކުމުގައި އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  • ކައުންސިލް އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުން
  • މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން

(ހ) ވަޒީފާ ލިބުމުން ރަޖިސްޓްރީއަށް އެރުވުން

(ށ) މުވައްޒަފުންގެ މަޤާމުގެކުރިއެރުންތައް ރެކޯޑްކޮށް ބެލެހެއްޓުން

(ނ) މުވައްޒަފުންގެ ފޮހޭ ރަޖިސްޓްރީ ބެލެހެއްޓުން

(ރ) މަޤާމުގެ ރަޖިސްޓްރީ ބެލެހެއްޓުން

  • މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން

(ހ) ރެކޯޑްފައިލްގައި ހުންނަންޖެހޭ ވަޒީފާ ދެއްވި ޗިޓް، ތަޢުލީމީ ސެޓްފިކެޓް ، ވަޒީފާގެ އެއްބަސްވުން، ވަޒީފާ ބަޔާން، ހާޒިރީ ރެކޯޑް ޝީޓް، ސަލާމް ސިޓީއާއި ސެޓްފިކެޓް އަދި ޗުއްޓީ ރެކޯޑް ފަދަ ލިޔުންތައް ރެކޯޑް ފައިލަށްލުން

(ށ) ވޯކްޝޮޕް ސެމިނާފަދަ ބައްދަލުވުންތަކުގައި ލިބޭ ސެޓްފިކެޓްތަކުގެ ކޮޕީ ރެކޯޑް ފައިލަށް ލުން

(ނ) މުވައްޒަފުންނަށްދެވޭ ނަސޭހަތާއި އިންޒާރު ތައްޔާރުކޮށް ސޮއިކޮށްނިމުމުން ފައިލް ކުރުން

(ރ) މުވައްޒަފުންގެ އަޕްރައިޒަލް ފޯމު ތައްޔާރުކުރުން

  • މުވައްޒަފުންގެ ބައްދަލުވުން ބޭއްވުން

(ހ) ޒިންމާދާރުވެރިޔާ އަންގާ ގޮތެއްގެމަތިން މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާލިޔުން

(ށ) ބައްދަލުވުން އިންތިޒާމްކުރުން

  • އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރު ކުރުމާއި ފޮނުވުމާއި، ފެކްސް ކުރުމާއި މެއިލް ކުރުން
  • ރަސްމީގަޑިއާއި ނުރަސްމީގަޑީގައި އިދާރާ ހުޅުވާ ބަންދުކުރުން
  • އިދާރާއިން ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން
  • އިދާރާގެ މޮޑަމް ބެލެހެއްޓުން
  • ފައިލް ކުރުން
  • ފޮތްތަކުގައި ނަންކޮޅު ތައްކުރުމާއި ގަނޑު ލެއްވުމާއި ސެލޯފިން ލެއްވުމާއި އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން
  • ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މީގެއިތުރުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލުކަމުގެ ސިފަތައް

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު

04 މޭ 2015 އާއި 06 މޭ 2015 އާ ދެމެދު އުތީމު ކައުންސިލް އިދާރާގައިއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. ( ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން " ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަ ކުރެއްވުމަށްފަހު 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14.30 ގެކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް އުތީމު ކައުންސިލް އިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ. އަދި މިފޯމު މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

އުޖޫރައާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  • ލިބިފައިވާ ތަޖުރިބާ ދަލީލްކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500038 ފޯނާއެވެ. އަދި ފެކްސް ނަންބަރަކީ 6500038 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

25 ޖުމާދަލްއާޚިރާ 1436

 

14 އޭޕްރިލް 2015