ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2024/44
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 13:34
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
288 ގޯތީގެ ކަންމުޑި އެޅުމާގުޅޭ

އިޢުލާން

          ކ. ހިންމަފުށިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން 288 ގޯތި ލިބިފައިވާ ފަރާތްތަކަށް ޤުރުޢަތުން އެބޭފުޅަކަށް ލިބިފައިވާ ގޯތީގެ ކަންމުޑި އަޅާ، ވަށާފާރު ރޭނުމަށްފަހު ގޯތީގެ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުއްވުން އެދެމެވެ.

           މިގޮތުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާއިރު، ގޯތި ލިބިފައިވާ ފަރާތް އުޞޫލުގެ 13 ވަނަ މާއްދާގެ (ފ) ގައިވާ ގޮތުގެމަތީން ދޫކޮށްލުމަށް އިޤުރާރުވެފައިވާ ބޯހިޔާވަހިކަމެއް މިއަދުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި ދޫކޮށްލާ އެކަމުގެ ޝަރުޢީ ލިއުމާއިއެކު ހުށަހެޅުއްވުން އެދެމެވެ. އަދި އެފަރާތެއްގެ ނަމުގައި އެގޯތި ރަޖިސްޓްރީ ކުރެވޭނީ އެލިއުން ހުށަހެޅުމުންނެވެ.

           ގުރުއަތުން ލިބިފައިވާ ގޯތި އަނެއް ގޯއްޗާއި ބަދަލުކުރަން ބޭނުންވާނަމަ ބަދަލުކުރަން ބޭނުންވާ ފަރާތް ގޯތި ރަޖިސްޓްރީ ކުރުމުގެ ކުރިން ބަދަލުކުރަން ބޭނުންވާ ދެފަރާތުގެ ލިއުމާއިއެކު މިއިދާރާއަށް ހުށަހެޅއްވުމަށް ވެސް ދެންނެވީމެވެ.

           އަދި މިހާރުވާނީ، 288 ގޯތި ލިބޭ ފަރާތުގެ ތެރެއިން ވެލިފުނިހުރި ސަރަހައްދު ފިޔަވާ ދެންހުރި ގޯތީގައި ދަގަނޑު ޖަހާ ވަކިކުރެވިފައެވެ.  އަދި މި ދަގަނޑުތައް ވެއްޓި، ނުވަތަ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީވެ، ވީ އެންމެ އަވަހަކަށް ހުރިހާ ފަރާތްތަކަކުންވެސް ކަންމުޑި އެޅުމަށް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންގޮސްދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ދެންނެވީމެވެ. ވެލިފުނި ހުރި ސަރަހައްދުގައިވާ ގޯތިތަކުގެ ޗާރޓް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މާރިޗު 2024