ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/11 |
ތާރީޚް |
26 ޝަޢުބާންް 1445 |
|
07 މާރޗް 2024 |
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން
1445 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރޗް 2024 ( 02 ރަމަޟާން 1445 ) ވާ އަންގާރަ ދުވަހުން ފެށިގެން 06 އެޕްރީލް 2024 ( 27 ރަމަޟާން 1445 ) ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ ކައުންސިލް އިދާރާގެ ބޭންކް އެކައުންޓް ނަންބަރ 7710700440004 ( 1472 ޚަރަދު 2 ) އެކައުންޓަށް ފައިސާ ޖަމާކޮށް ތަފްޞީލް ލިޔުއްވުުމަށްފަހު 9485356 ނުވަތަ 7882128 ނަންބަރަށް ސްލިޕް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. ފައިސާ ޖަމާކުރައްވާއިރު ރިމާކްސްގައި ފައިސާ ދައްކާ ގޭގެ ނަމާއި،މީހުންގެ ޢަދަދު ޖެއްސެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކަށް ބަލައިގެންނެވެ.އެގޮތުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
01 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
02 |
ތައިލެންޑް ހުދު ހަނޑޫ |
70 ރުފިޔާ |
03 |
ރަތް ހަނޑޫ |
80 ރުފިޔާ |
04 |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
70 ރުފިޔާ |
05 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
100 ރުފިޔާ |
06 |
އާދައިގެ ފުށް |
12 ރުފިޔާ |
07 |
އާޓާ ފުށް |
75 ރުފިޔާ |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މުޙައްމަދު އިބްރާހިމް
އ.ކައުންސިލް އެގްޒެކެޓިވް