މަސައްކަތް
ނަންބަރު: (IUL)326/PRIV/2024/4
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 19 މާރިޗު 2024 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ބަނދަރު ބެލެހެއްޓުމާއި، މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހިންނަވަރުގެ ބަނދަރު ބެލެހެއްޓުމާއި، މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދުމަށް، ކައުންސިލުން ކުރި އިޢުލާން ނަމްބަރ: (IUL)326/PRIV/2024/2 ބާޠިލްކުރުމަށްފަހު، ހިންނަވަރު ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އޭޕްރީލް 2024 ން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  •  މި އިޢުލާނާއިއެކު، މަޢުލޫމާތު ކަރުދާހާއި، ބިޑް ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 12 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސި ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 19 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)                                                                         

އީމެއިލް: [email protected]

 

06 މާރިޗު 2024