ބީލަން
ނަންބަރު: (IUL)GS-56-D/GS-56/2024/10
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:09
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބީލަން އެވޯޑް ކުރުން

މި އަހަރު (2024 ވަނަ އަހަރު) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުގެ ނަންބަރު، (IUL)GS-56-D/GS-56/2024/5 އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، މާލިއްޔަތު ޤަވާއިދުގެ 10.31(ށ)ގެ ދަށުން މި މަސައްކަތް ޖެނެސިސް މޯލްޑިވްސް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސްކޫލުގެ ބިޑްކޮމިޓީގެ GS-56/BC/2024/003 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

މި އިޢުލާނާއެކު ބިޑް އިވެލުއޭޝަންގެ ޕޮއިންޓްޝީޓް އެޓޭޗްކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

06 މާރިޗު 2024