ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/23
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 10 މާރިޗު 2024 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމާގުޅޭ

ދަނޑުވެރިކަމުގައި ޙިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތުއެއްކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހަމަޖެހިފައިވާތީ، ކިނބިދޫގެ މިވަގުތު ދަނޑުވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަޢުލޫމާތު އެ ވުޒާރާއަށް ފޮނުވައިދެއްވުމަށް ވަނީ އެފިލައްވާފައެވެ. އެގޮތުން، ދަނޑުވެރިކަމުގެ ސެންސަސް އަށް ބޭނުންވާ މަޢުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް/ ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް/ ނާސަރީ ގެންގުޅޭ ފަރާތްތައް) ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިންނެވެ.  

             ވީމާ، ތ. ކިނބިދޫގައި ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް/ ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާ ފަރާތްތައް/ ނާސަރީ ގެންގުޅޭ ފަރާތްތައް) ހަރަކާތްތެރިވާ ފަރާތްތަކުން 10 މާރޗް 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ އިދާރާގެ ނަންބަރ: 6780031 ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

25 ޝަޢްބާން 1445

06 މާރިޗު 2024