މަސައްކަތް
ނަންބަރު: 006/2024/GS-95
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 10 މާރިޗު 2024 10:30
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުޝައެޅުމުގެ ފުރުސަތު (އަލުން ހުޅުވާލެވިފައި)

  • ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. 

-          ހޯލްއިމާރާތުގެ އަސްކެނި ސީލިންގ މަރާމާތުކުރުން

-          ހޯލްއިމާރާތުގައި ކުލާސްތައް ވަކިކުރުމަށް ޖަހާފައިވާ ޕާޓިޝަންތައް މަރާމާތުކުރުން

-          ކުޑަދޮރުތަކުގެ ތަންޑުތައް ރަނގަޅުކުރުން.

-          ސްޓޭޖްކުލާހުގެ ޓިވީއަށް ސޮކެޓުއެޅުން

  • ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 7 މާރިޗް 2024 (ބުރާސްފަތި) ދުވަހުގެ 10:30 އަށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މާރިޗް 2024 (އާދިއްތަ) ދުވަހުގެ 10:30 އަށް ސްކޫލަށްދުރުވެ ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވާއިރު ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދެއްވުން އެދެމެވެ.

-          މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނޭގޮތަށް ތަފްސީލާއެކު ހުށައެޅުން.

-          މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން.

-          މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

06 މާރިޗު 2024