ބީލަން
ނަންބަރު: GS-169/IUL/2024/04
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 25 މާރިޗު 2024 12:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލު ގޯތިތެރޭގައި ދެ ވޯކްވޭ ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރާނެ ފަރާތެއް ހޯދުން

މިސްކޫލު ގޯތިތެރޭގައި  ދެ ވޯކްވޭ ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލުގެ އިޢުލާނު ނަންބަރު : GS-169/IUL/2024/01  (28 ޖަނަވަރީ 2024 ) އިޢުލާނާ ގުޅިގެން ހުށައަޅާފައިވާ ބިޑްގެ މަޢުލޫމާތު ފުރިހަމަނުވާތީ، މިއިޢުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

 

  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުމަށް 18 މާރިޗް 2024 ވާ ހޯމަދުވަހުގެ 14:00 ގެކުރިން  7669559 މިނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިޔަށްގެންދެވުން އެދެމެވެ.
  • މިޚިދުމަތްދިނުމަށްއެދިބީލަންހުށައެޅޭނީވިޔަފާރިޤާނޫނު (18/2014) ގެދަށުންރަޖިސްޓްރީވެފައިވާކުންފުނިތަކަށާއިއަމިއްލަފަރުދުންގެވިޔަފާރިތަކުގެތެރެއިންޤާނޫނު (19/2014) ގެދަށުންދޫކުރާ ރަޖިސްޓްރީ އާއެކުގައިވާ ޕޮރޮފައިލްގައި މިފަދަ މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަކުރެވިފައި ވާނެއެވެ. އަދި ބިޑްރަޖިސްޓްރީ ކުރާ ފަރާތްތަކާއި ބީލަންފޮތް ހިއްސާކުރެވޭނެވާހަކަ ދެންނެވީމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީކުރުން

މިމަސައްކަތާގުޅޭގޮތުން  ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރީބިޑް މީޓިންގ އޮންނާނީ 18 މާރިޗް 2024 ވާ ހޯމަދުވަހުގެ 12:00 ގައި ސްކޫލް އޮފީހުގައެވެ.

ޕްރީބިޑް މީޓިންގ

ބީލަން ހުށައެޅުން އަދި ބީލަންހުޅުވުން އޮންނާނީ25 މާރިޗް  2024 ވާ ހޯމަ ދުވަހުގެ 12:00 ގައި ބިލެއްދޫ ސްކޫލުގެ އޮފީހުގައެވެ.

ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހުށައަޅާފައިވާ ތާރީޙަކީ އެއްވެސް ސަބަބަކާހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީދުވަހުގައެވެ.

ބީލަން ހުށައެޅުމާއި ހުށައަޅަންވީ ސުންގަޑި

06 މާރިޗު 2024