ބީލަން
ނަންބަރު: (IUL)491-CDS3/491/2024/30
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 17 މާރިޗު 2024 10:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: (IUL)491-CDS3/491/2024/30

 

މިމިނިސްޓްރީގެ އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓްދޭނެ ފަރާތެއްހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 12 މާރޗް 2024، އަންގާރަ ދުވަހުގެ މެންދުރު 1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 10 މާރޗް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 1100 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 17 މާރޗް 2024ވާ އާދިއްތަ ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392

                               25 ޝައުބާން 1445ހ.

                              06 މާރޗް 2024މ.

06 މާރިޗު 2024